ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހުގައި ބާއްވަނީ
2020ވަނަ އަަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް އަންނަ މަހު ޕްރައިމަރީ ބޭއްވުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ޓީޝާޓެއް ގަނެގެން ރުކެއް އިންދުމަށް އެހީތެރިވެވޭ "ބެއްޔާ" ހަރަކާތް ފެއްޓުމަށްފަހު ނޫސްވެރިންނާާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްެރައިމަރީ އަންނަ މަހު ބާއްވާނެކަމަށާއި އެމްޑީޕީން އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް