މުޅި މާލޭގެ ނަރުދަމާ ނިޒާމު ސާފުކުރަނީ
މުޅި މާލޭގެ ނަރުދަމާގެ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، އެ ނިޒާމު އެއްކޮށް ސާފުކުރުމުގެ ބޮޑު މަސައްކަތެއް އެމްޑަބްލިޔުއެސްސީއިން ފަށައިފިއެވެ.
އެކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި މާލޭގެ ނަރުދަމާގެ ނިޒާމު ބެލެހެއްޓިފައިނުވާކަމަށާއި މި މައްސަލަ ހައްލު ކުރުމަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ ހާއްސަ ޓީމެއް އެކުލަވާލާފައިވާކަމަށެވެ.
އާޒިމް ވިދާޅުވީ އެކުންފުނީގެ ޓާގެޓަކީ އެމްޑަބްލިޔުއެސްސީގެ ޓީމުތައް އިތުރަށް އެކުލަވާާލެވިގެން ކޮންމެ އަހަރަކު ވެސް ދެފަހަރު މުޅި ނެޓްވޯކު އެއްކޮށް ސާފުކޮށް ނިންމުންކަމަށެވެ.
މީގެ އިތުރުން، ގޭގޭގެ ފާހަނާ ނިޒާމު ބްލޮކު ވާ މައްސަލަ ހުށަހެޅުމުން އެމްޑަބްލިއުއެސްސީގެ ޓީމުން އެކަން ބަަލައި އެ މައްސަލަ ރަނގަޅު ކޮށްދޭނެ ކަމަށް އާޒިމްވަނީ ފާހަގަކުރައްވާފައެވެ.
އެ ކުންފުނިން މިއަދު 24 ގަޑިއިރު ހިދުމަތްދޭ ކަސްޓަމާކެއާ ހޮޓްލައިން ނަމްބަރު، 105 އިފްތިތާހު ކުރިކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް