ރަސްގެފާނު ޗާލްސް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިނގެރޭސިވިލާތުގެ ރަސްގެފާން އަދި ކޮމަންވެލްތްގެ ވެރިޔާ ރަސްގެފާނު ޗާލްސް ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު އަރުވައިފި އެވެ.
ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތުގެ ވެރިންގެ ބައްދަލުވުމުގެ ތެރެއިން ކިންގްސް ޗާލްސް ދެއްވި ފަރިއްކޮޅުގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެއަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރަސްގެފާނު ޗާލްސް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުއްވާފައިވާ ކަމަށެވެ.
އަދި ރަސްގެފާނޫ ޗާލްސްއާ ބައްދަލުކޮށްލަން ލިބުނު ފުރުސަތަކީ ޝަރަފެއްކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ އަހަރު ދުބާއީގައި ބޭއްވި ކޮޕް-28ގެ ހަވާސާގައި ރައީސް މުއިއްޒުވެސް ވަނީ ރަސްގެފާނު ޗާލްސްއާ ބައްދަލު ކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް