އަބްދުލް މުޢިއްޒު ހަސަން ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަބްދުލް މުޢިއްޒު ހަސަން ނިޔާވެއްޖެ އެވެ.
މުޢިއްޒު އަކީ ދިވެހި ތެލެސީމިއާ އާއިލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތެވެ. އޭނާ ވަނީ ތެލަސީމިއާ ސޮސައިޓީގެ ޗެއާޕާސަން ވެސް ކުރައްވާފަ އެވެ. އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރުގެ ތެރޭގައިވެސް ހިމެނެ އެވެ.
މުޢިއްޒު ނިޔާވީ ހާލު ދެރަވެ ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ތެލެސީމިއާއަށް ދިވެހީން ހޭލުންތެރިކުރުވުމަށް މި ފަހުން ހިންގުނު ހުރިހާ ކެމްޕެއިނެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ މުއިއްޒު އެވެ. މުޢިއްޒަކީ ނޫސްވެރީންނާއި އަދި މީޑިއާތަކާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. ވަރަށް ގިނައިން ޓީވީއާ ރޭޑިއޯ ޕްރަގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މުޢިއްޒު ވަޒީފާ އަދާކުރަމުން އައީ އެޗްޑީސީގަ އެވެ. އެޗްޑީސީ ކުލަބުގެ ރައީސަކީ ވެސް އޭނާ އެވެ. އެ ކުންފުނިން ހިންގާ މުހިންމު މަޝްރޫޢުތަކުގައި މުޢިއްޒުގެ ބައިވެރިވުން އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް