ފާނަ މަސްވެރިކަމުގައި އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެ
އދ.ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމުގައި ފައިބައި އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމުގައި ފައިބައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:55 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަަމަށެވެ.
ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދޭކަމަށާއި، މި ހާދިސާގައި ނިޔާވެފައިވަނީ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް