ސަރުކާރުގެ ފަރާތުން ނިކަމެތިންނަށް ގެ އަޅައިދީ: އަލްހާން
ސަރުކާރުގެ ފަރާތުން މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ގެދޮރު އަޅައިދިނުމަށް އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން މިހެން ވިދާޅުވީ، އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
Boahiyaavahikan Hoadhaidhinumuge Gothun Dhaulathun EkashaAlhaa Siyaasathuge Thereygai, Goathi Ove, Ge Elhumuge Maalee Thanavaskan Nei Faraaithakah Sarukaarun Ge Alhaidhee Dhigu Muddhathun Dhaulathah’ Faisaa Dhakkaa Gothah Hadhaa Dhinumah Sarukaarah Govaalan! @ibusolih pic.twitter.com/sAwOfsiHGB
— A L H A N F A H M Y (@AlhanFahmy) February 23, 2019
އަލްހާން ވިދާޅުވީ ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ދައުލަތުން އެކަށީގެންވާ ސިޔާސަތުގެ ތެރޭގައި ގޯތި އޮވެ، ގެ އެޅުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ސަރުކާރުން ގެ އަޅައިދީ ދިގު މުއްދަތަކަށް ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ހެދުމަށް ގޮވާލާކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަލްހާން ވާދަކުރައްވާ ހެންވޭރު އުުތުރު ދާއިރާއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ދާއިރާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް