ތ އަތޮޅުން ފެށިގެން ގދ އަތޮޅަށް ރީނދޫ ސަމާލު ނެރެފި!
ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ތ އަތޮޅުން ފެށިގެން ގދ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މިއަދު މެންދުރުފަހު 13:30 އާއި ހަމައަށެވެ.
މިގޮތުން މޫސުމާއި ބެހޭ އިދާރާއިން ބުނީ، މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރާކަމަށެވެ.
މިއާއިއެކު، މޫސުމާއި ބެހޭ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކޮށް މިއަދު ހެނފުނު 6:45 އިން މެންދުރު 12:00 އާއި ހަމައަށް ދ އަތޮޅުން ފެށިގެން ގދ އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް