ހުޅުލެ-ހުޅުމާލެ ހައިވޭ މައްޗަށް ރޭ އުދަ އަރައިފި
ރޭ ދަންވަރުގެ ވަގުތެއްގައި ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވާލަދޭ ހައިވޭއަށް އުދަ އަރައިފިއެވެ.
ރޭ އެ ސަރަހައްދަށް އުދަ އެރުމާއި ގުޅިގެން ހައިވޭގެ މައްޗަށް ވަނީ ގިނަ އަދަދެއްގެ ވެއްޔާއި ގާ އަރާފައެވެ.
މިކަމާއި ގުޅިގެން ފުުލުހުން ވަނީ އެ ސަރަހައްދުގައި ކޯންތަކެއް ޖަހައި، ވެލި އެރި ސަރަހައްދުގެ ބޭރުން ދަތުުރުކުރުމަށް އިރުޝާދު ދީފައެވެ.
މީގެ ކުރިންވެސް ހައިވޭއަށް އުދައަރައި، ވެލި ބުރާފައިވެއެވެ. އެހެންކަމުން ސަރަހައްދުގައި ވަނީ ބޮޑު ބޯޑެއްވެސް ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް