ބްރޯޑްކޮމްގެ ރައީސާއި ނާއިބު ރައީސް ވަކިކުރަން ކޮމެޓީން ނިންމައިފި
ބްރޯޑް ކާސްޓިންގް ކޮމިޝަން (ބްރޯޑް ކޮމް) ގެ ރައީސް މުހައްމަދު ޝަހީބާއި އެކޮމިޝަނުގެ ނައިބު ރައީސް ފަތުމަތު ޒައިނާ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ޝަހީބާއި ޒައިނާ ވަކިކުރަން ފާސްކުރީ އެކޮމެޓީން މީގެކުރިން ބޭއްވި ބައްދަލުވުމަށް ހާޒިރުކޮށް ސުވާލު ކުރުމަށްފަހުއެވެ.
ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކުޑަ ކޮމިޓީން ޝަހީބާއި ޒައިނާ މަގާމުން ވަކިކުރަން ނިންމާ ބޮޑު ކޮމިޓީއަށް ފޮނުވީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
ޝަހީބާއި ޒައިނާ އަކީ އެމަގާމުތަކުގައި ތިއްބެވުމަށް ޝަރުތު ހަމަވާ ބައެއް ނޫންކަމަށް މީގެ ކުރިން އެކޮމިޓީން ވަނީ ބުނެފައެވެ. އަދި އެކޮމިޝަނުގެ އެހެން މެންބަރުންވެސް ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް