އެސްކްރޯއަށް ޖަމާކުރީ އެސްއޯއެފްގެ އެކައުންޓުން ލިބުނު ފައިސާއެއް ނޫން: މުއައްވިޒް
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭސީީސީއާއި ދެމެދު ގާާއިމްކުރެވުނު އެއްބަސްވުމުގެ ދަށުން އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ނޫންކަން ހާމަވެއްޖެއެވެ.
މިހާރު ކުރިއަށްދާ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަނީ ލޯންްޑްރިންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރަންވާނީ، ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި ހުރި އެއް މިލިއަން ޑޮލަރު ކަމަށް އެކައުންޓް ހުޅުވުމަށް ހެދި އެއްބަސްވުމުގައި ބުނެފައިވާނެކަމަށެވެ.
ނަމަވެސް އެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ފައިސާާއެއް ނޫންކަން މުއައްވިޒް ވަނީ ހާމަކުރައްވާފައެވެ. އެބޭފުޅާ ވިދާޅުވީ އެކްސްރޯ އެކައުންޓަށް ޖަމާކުރި ފައިސާއާއި ބެހޭގޮތުން އެމްއެމްއޭއިން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް ނުވަތަ އެސްޓީއާރެއް އޭސީސީއަށް ހުށައެޅި ކަމަށެވެ.
އޭގައި ވާގޮތުގައި އެސްކްރޯ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރައްވާފައިވަނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. ޒަމީރަށް އެ ފައިސާ ފޮނުވާފައިވަނީ ވަސީމް ކިޔާ ފަރާތެއްކަމަށް މުއައްވިޒް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ރައީސް ޔާމީންގެ ފަރާތުން އިންވެސްޓްމަންްޓް އެކައުންޓެއް އިސްލާމިކް ބޭންކްގައި ހަދައި އެ ފައިސާ އެކައުންޓަށް ޖަމާކުރިކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް