މި މެންބަރު މަޖިލީހަށް ދަނީ ފައިގައި ޓެގް އަޅުވައިގެން؟
އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީއަށް ނިސްބަތްވާ މެންބަރަކު، ފައިގައި ޓެގް އެޅުވުމަށްފަހު ޖަލުން ދޫކޮށްލާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ޕީޓަރބޮރޯގެ މަޖިލިސް މެންބަރ ފިއޯނާ މިވަގުުތު ޖަލުގައި ހުރީ ސްޕީޑްލިިމިޓަށްވުރެ ބާރަށް ދުއްވުމަށްފަހު، އެކާރު ދުއްވީ އޭނާ ނޫންކަމަށްބުނެ ފުލުހުންނަށް އޮޅުވާލުމުންނެވެ.
ފިއޯނާއާއި އޭނާގެ ކޮއްކޮ ވަނީ ކާރުދުއްވީ އޭނާ ނޫންކަމަށާއި، ކާރު ދުއްވީ ފިއޯނާގެ ކޮއްކޮގެ ރައްޓެއްސެއްކަމަށްބުނެ އޮޅުވާލުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ފިރިހެންމީހާ އެދުވަހު ހުރީ ރަޝިޔާގައިކަމުން އޭނާގެ ދޮގު ވަނީ ހާމަވެފައެވެ.
ފިއޯނާ ވަނީ ހައްޔަރުވުމަށްފަހުވެސް މަގާމުން އިސްތިއުފާދޭން ދެކޮޅު ހަދައި، ބަރާބަރަށް މުސާރަ ނަގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް