ކަޅުވަކަރު މިސްކިތް ބަހައްޓާނީ ނަމާދުކުރެވޭގޮތަށް: ޔުމްނާ
ރޫޅާލެވިފައިވާ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާާއިރު، އެތަން ބަހައްޓާނީ ނަމާދުގެއެއްގެ ގޮތުގައި ކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޔުމްނާ ވިދާޅުވީ ކުރީގެ ދިރާގު ހުރި ބިމުގައި އެ މިސްކިތް ބަހައްޓާއިރު، މިސްކިތުގައި ބޭނުން ފަރާތްތަކަށް ނަމާދުުކުރެވޭނެކަމަށާއި، ނަމަވެސް މިސްކިތުން ބަންގި ނުގޮވާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިގޮތަށް އަމަލުކުރަން ނިންމެވީ ދީނީ އިލްމުވެރިންގެ މަޝްވަރާއާއި އެކުގައިކަމަށެވެ.
ކަޅުވަކަރު މިސްކިތް އަލުން ރޭވިގެންދާއިރު، އެ މިސްކިތަށް ނަމާދުކުރުމަށް އަންނަ ފަރާތްތަކަށް ވުޟޫކުރުމަށް ވަޅަކާއި ދާންޏެއް ހެދިގެންދާނެއެވެ.
ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ބާރުމިނެއްގައި ކުރަމުންދާާއިރު، މި މަސައްކަތުގައި ހިލޭ ސާބަހަށް ގިނަ ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް