ކަސްޓަމްސްއިން އަތުލި ތިން މިލިއަން ސިނގިރޭޓް އަންދާލައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ. މިއީ އެކި ފަހަރު މަތީން ކަސްޓަމްސް އިން އަތުލައިގެންފައިވާ ސިނގިރޭޓް ސްޓިކްތަކެވެ.

މި ތަކެތި ނައްތާލުމުގެ ގޮތުން ވަނީ އަލިފާން ޖަހާ އަންދާލާފަ އެވެ.
ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން ވަނީ ހަރުކަށި ކޮށްފަ އެވެ. ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރާ އެފަދަ ބާވަތްތައް ހިފަައްޓާ ކަސްޓަމްސް އިން ދަނީ ނައްތާލަމުންނެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕް ވެސް މަނާކޮށްފަ އެވެ. އަދި ވޭޕް އެތެރެކުރާ މީހުން ދަނީ ޖޫރިމަނާ ވެސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް