"ޗަޕާކު"ގައި ދީޕިކާ ފެނިލުން އާންމުކޮށްފި
"ޗަޕާކު"ގައި ދީޕިކާގެ ފެނިލުން އާންމުކޮށްފިއެވެ.
އެސިޑް ހަމާލާއެއްގެ ސަބަބުން ދިިރިއުޅުން ބަދަލުކޮށްލި ލަކްޝްމީ އަގަރްވާލްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމުގައި ދީޕިކާ ފެނިގެންދާ ގޮތް މިވަނީ އާންމުކޮށްފައެވެ. އެ ފޮޓޯ އާންމުކޮށްފައިވަނީ ދީޕިކާއެވެ.
މެގްނާ ގުލްޒާރު އުފައްދާ މިފިލްމުގައި ދީޕިކާ ގެނިގެންދާ ގޮތް އާންމުކޮށްފައިވާއިރު އެ ފޮޓޯގައި ވަނީ ދީޕިކާ ކަން ދެނެގަންނަން އުދަގޫކަމަށް ފޮޓޯއަށް ބަލާފައިވާ ގިނަ މީހުން ބުނެފައިވެއެވެ.
އެގޮތުން ދީޕިކާގެ މޭކަޕް ވަރަށް މޮޅު ކަމަށް ގިނަ ބަޔަކު ބުނެފައިވައެވެ.
އެ ފިލްމުގެ ޝޫޓިން މިއަދު ފެށުމަށް ނިންމާފައިވާއިރު އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ދިހަވަނަ ދުވަހުގައެވެ.
ދީޕިކާ އެ ފޮޓޯ އާންމުކުރުމާއި ބޮލީވުޑުގެ ގިނަ ތަރިންތަކެއްވެސް އޭނާ އަށް ތައުރީފުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް