މިނިސްޓަރ ޝާހިދު އެޓްލާންޓިކް ކައުންސިލްގައި ވާހަކަފުުޅު ދައްކަވައިފި
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، މަޝްހޫރު ޚާރިޖީ ދާއިރާގެ ތިންކްޓޭންކެއް ކަމުގައިވާ އެޓްލާންޓިކް ކައުންސިލްގެ އިވެންޓެއްގައި ބައިވެރިވަަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ.
މިނިސްޓަރ ޝާހިދު މި އިވެންްޓްގައި ބައިވެރިވެ ވަޑައިގެންނެވީ އެމެރިކާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އިވެންޓްގައި ވާހަކަފުުޅު ދައްކަވަމުން ޝާހިދު ވަނީ ދިވެހިރާއްޖެއިން ޑިމޮކްރަސީއަށް ކުރި ދަތުރާއި އެ ދަތުރުގައި ދިމާވި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ މި ސަރުކާރުގެ ފަރާތުން ޑިމޮކްރަޓިކް މުއައްސަސާތައް ހަރުދަނާކުރުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މި އިވެންޓްގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލު އަދި އެމްބެސެޑަރ އަލީ ނަސީރު މުހައްމަދު ބައިވެެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް