ވާރޭވެހުމާއި ގުޅިގެން މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތައް ފެންބޮޑުވަމުން ދާތީ، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.
އެމްއެންޑީއެފް އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފެންގަނޑު ބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ.
އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓް
މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ ބައެއް ހިސާބުތަކުގައި ފެންގަނޑު ބޮޑުވުމަކީ އާއްމުކަމެކެވެ. އެގޮތަށް ފެންގަނޑު ބޮޑުވާ ކޮންމެ ފަހަރަކު ފެން ހިންދުމަށް އަބަދުވެސް އެމްއެންޑީއެފުން ނިކުމެ މަސައްކަތްކުރެއެވެ.
މިގޮތަށް ފެންބޮޑުވާ ކޮންމެފަހަރަކު ބޮޑުވާ ފެންގަނޑު ހިންދަން ޖެހެނީ ޕަމްޕު ޖައްސައިގެންނެވެ. މަގުތަކުން ފެން ހިންދުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިދިޔަ އަހަރުގެ ނިވެމްބަރުމަހުގެ ތެރޭގައި ވަނީ ޖުމުލަ 6 ޕަމްޕު ރާއްޖެއަށް ހަދިޔާކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިރޭގެ 8 ޖެހުމާހަމަޔަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް