އައިޖީއެމްއެޗްގެ މިސްކިތް ބަންދުކޮށްފި!
ރާއްޖޭގެ މައި ހޮސްޕިޓަލް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ މިސްކިތްބައި ބަންދުކޮށްފިއެވެ.
އެގޮތުން އެ ސަރަހައްދު ބަންދުކުރުމަށް ޖަހާފައިވާ އިއުލާނުގައި ވާގޮތުގައި މިސްކިތް ބަންދުކުރުމަށްފަހު އެތަން ބޭނުންކުރާނީ ހޮސްޕިޓަލްގެ އިމާރާތެއް ކުރުމަށްޓަކައި ތަކެތި ބެހެއްޓުމަށްކަމަށްވެއެވެ.
އައިޖީއެމްއެޗްގެ މިސްކިތަކީ އެ ހޮސްޕިޓަލުގެ ގިނަ ޑޮކްޓަރުންނާއި މުވަޒަފުންގެ އިތުރުން، ޢާންމުން ޖަމާއަތުގައި ނަމާދުކުރެވޭގޮތަށް ހަދާފައިވާ މިސްކިތެކެވެ.

މިސްކިތް ބަންދުކުރުމާ ގުޅިގެން "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި އެ ހޮސްޕިޓަލްގެ ޕީއާރ އޮފިޝަލެއް ވިދާޅުވިގޮތުގައި މުވަޒަފުންނަށް ނަމާދުކުރުމުގެ އިންތިޒާމް ދަރުމަވަންތަ ހޮސްޕިޓަލްގެ 5 ވަނަ ފަންގިފިލާގައި ހަމަޖެހިފައިވާނެއެވެ. އަދި ވޯޑުތަކުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ކުރަމުންއަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައިޖީއެމް ހޮސްޕިޓަލަކީ އިންޑިއާގެ އެހީގައި އަޅާދީފައިވާ ހޮސްޕިޓަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް