އިންޑިޔާއިން ހިފެހެއްޓި ރާއްޖޭގެ ދޯނި ދޫކޮށްލައިފި
އިންޑިޔާގެ ލަކްޝަދީފް ކައިރިން މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލުމަށް އެގައުމުގެ ނޭވީން ނިންމައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ އެ ދޯނި މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރަނީ ރާއްޖޭގެ މަސްވެރި އުޅަނދުތައް އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ނުވަނުން ކަމަށެވެ.
އަދި އުޅަނދުފަހަރު އަމަލުކުރުމަށް އެދިފައިވާ ރާއްޖޭގެ ގާނޫނާ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެ ދޯނި މިހާރު ވަނީ ރާއްޖެއަށް އެނބުރި އައުމަށް ދަތުރު ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް