"ސިފައިންގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ފޯމް ފުރިހަމަކުރާނީ އެމްއެންޑީއެފުން"
ސިފައިންގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ފޯމް ފުރިހަމަކުރާނީ އެމްއެންޑީއެފުން ކަމަށް އެއިދާރާއިން ބުނެފިއެވެ.
ސިފައިންގެ ވަޒީފާއަށް އެދޭއިރު ކުށުގެ ރެކޯޑް ސާފުކުރާ ފޯމް ހުށަހަޅަން ނުޖެހޭ ގޮތައް ގެޒެޓް ކުރުމާއެކު އާންމުންގެ ފަރާތުން ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައެވެ.
އެކަމަށް ރައްދުދެއްވާ އެމްއެންޑީއެފުން ބުނެފައިވަނީ ސިފައިންގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ފޯމް ފުރިހަމަ ކުރަން ހަމަޖެހިފައިވަނީ އެއިދާރާގެ ފަރާތުން ކަމަށެވެ. އެގޮތަށް ބަދަލުކުރީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އެވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަނޑި އަކީ 2019 މާރިޗު 31 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް