ފަނޑިޔާރު ދީދީ މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދީދީ މަގާމުން ވަކިކުރީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި 72 މެންބަރުންެގެ ވޯޓާއި އެކުގައެވެ. މިއަދުގެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަދަދަކީ 72އެވެ. އަދި ވަކިގޮަތަކަށް ވޯޓުލާން ބޭނުން ނުވާކަމަށް ވިދާޅުވެ އެއް މެންބަރަކު ވޯޓުދެއްވިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ނިންމާފައިވަނީ ޖޭއެސްސީން ކުރި ސުލޫކީ މައްސަލައެއްގެ ތަހުގީގަށް ރިއާޔަތްކޮށެވެ.
އެ ތަހުގީގުގެ ރިޕޯޓްގައިވާގޮތުގައި ދީދީ ވަނީ މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކުރައްވާ ފައިދާތަކެއް ހޯއްދަވައި، އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ ފަރާތެއްގެ ކިބައިން ފައިސާވެސް ހޯއްދަވާފައެވެ.
މި ތުހުމަތުތަަކަށް ދީދީ ވަނީ އިންކާރުުކުރައްވާފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް