މައްޗަންގޮޅި ގެއެއްގައި އަލިފާނުގެ ހާދިސާއެއް؛ ދުމުގެ އަސަރުކުރި މީހަކަށް ފަރުވާދެނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މައްޗަންގޮޅި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގީ މއ.ސުއްކަތުރާގޭގައި ކަމަށެވެ.
މި އަލިފާނުގެ ހާދިސާ ހިނގައިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ދަނީ ހަރަކާތްތެރިވެ އަލިފާން މިހާރު ނިއްވާލެވިފައިވާ ކަމަށާ، މިހާރު ކުރަމުންދަނީ ދުން ބޭރުކުރުމުގެ މަސައްކަތް ކަމަށް އެ އިދާރާއިން ބުނެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ، ރޯވީ އެގޭގެ ބަދިގެއާ ސިޓިންރޫމް ހިމެނޭ ބައިގައިހުރި ކަބަޑެއްގެ ތިރީގައި ކަމަށެވެ.
އަދި މިހާދިސާ ގައި ދުމުގެ އަސަރު ކޮށްގެން އެކަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ވަނީ ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް