ވައްކަމުގެ މައްސަލައެއްގައި ޒުވާނަކު ހޯދަން އިއުލާނު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ވައްކަމުގެ މައްސަލައެއްގައި ޒުވާނަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ މުޙައްމަދު ތިބްޔާން ޝަހީން، ގ. ސީވޭވް/މާލެ (24އ) ކަމަށެވެ.
އޭނާ ހޯދަމުން ދަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންވާ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ ތަފްސީލެއް ނުދެ އެވެ.
ތިބްޔާންގެ ފޮޓޯ އާންމުކޮށް ފުލުހުން ވަނީ އޭނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަމްބަރު 9393351 އަށް ގުޅާ މައުލޫމާތު ހިއްސާކޮށްދޭން އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް