ފުވައްމުލަކުގައި ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ފުވައްމުލަކުގައި ކުޑަ ފިރިހެންކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ހިއްސާކުރި އެރަށު މީހަކު ބުނީ އެކުއްޖާ ގެއްލުނީ މިއަދު ހަވީރު ދިގުވާޑު އަވަށުގެ ފްލެޓްތަކާ ދިމާލުންކަމަށެވެ. ފްލެޓްތައް ކައިރީ އެކުއްޖާ އުޅުނީ ކުޅެން ކަމަށާއި ގެއްލުނުކަން އެނގުނީ އެ ސަރަހައްދުގައި ފެންނަން ނެތުމުންކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އޭރު 5 ޖަހާފާނެކަމަށް އޭނާ ބުންޏެވެ.
އުމުރުން ހަތަރު އަހަރުގެ އެ ފިރިހެން ކުއްޖާ ހޯދުމުގެ މަސައްކަތް އެރަށުގެ ރައްޔިތުން މިހާރުވެސް ދަނީ ކުރަމުންނެވެ. ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން އެރަށު ކައުންސިލް އޮފިޝަލަކު ވިދާޅުވީ، ފުލުހުންނާއި، ރަށުކައުންސިލްގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން އެ ކުއްޖާ ހޯދުމުގެ މަސައްކަތުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާކަމަށެވެ.
މިގޮތުން ގެއްލުނު ދިމާލު ހޭޅިފަށް މިހާރު ބަލަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް