އެމްޑީޕީގެ ކޮމާންޑަރު ނިޔާވެއްޖެ
އެމްޑީޕީގެ މުޒާހަރާާތަކުގެ އިސް ސަފުން ފެންނަ އެކްޓިވިސްޓެއްކަމުގައިވާ އާދަމް މޫސާ ނުވަތަ މަޝްހޫރު ނަމުންނަމަ ކޮމާންޑަރ ނިޔާވެއްޖެއެވެ.
ކޮމާންޑަރ ނިޔާވީ މިއަދު ފަތިހު 04:40ހާއިރު، އިންޑިޔާގެ ޓްރިވެންޑްރަމްގެ ޖީޖީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
އޭނާ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިކޮށް އުޅުމަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.
އާދަމް މޫސާ ވަނީ ކުރީގެ ރައީސް ވަހީދާއި ރައީސް ޔާމީނާއި ދެކޮޅަށް ބޭއްވި ގިނަ މުޒާހަރާތަކުގެ އިސް ސަފުގައި ހަރަކާތްތެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް