އޮއްތޮގެ މައްސަލައިގެ ފުރަތަަމަ އަޑުއެހުންވެސް ކެންސަލް!
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު ސީރިއަސް އަނިޔާތަކަކާއި އެކު ނުކުޅެދޭ މީހަކަށް ބަދަލުވި އުމަރު ސަލީމް (އޮއްތޮ)ގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ މައްޗަށް ކުރި ދައުވާގެ ފުރަތަަމަ އަޑުއެހުންވެސް ކެންސަލްކޮށްފިއެވެ.
މި އަޑުއެހުން ކެންސަލްކުރިކަން އަންގާފައިވަނީ އޮއްތޮގެ އަންހެނުން ހުުޅުމާލެ ކޯޓަށް ހާޒިރުވެސް ވީފަހުންނެވެ.
މި އަޑުއެހުން ކެންސަލްކުރީ ސައިކަލުން ޖެއްސި މީހާގެ ވަކީލުގެ އެހެން މައްސަލައެއް އޮތުމުން ހާޒިރުނުވެވުމުގެ ސަބަބުންނެވެ.
އޮއްތޮއަށް އެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުގައި އޭނާގެ ސިކުނޑިއަށް ބޮޑު ގެއްލުމެއް ލިބި، ހިނގާވެ ބިނގާވެ އުޅުމަށް ވަނީ ދަތިވެފައެވެ.
އޮއްތޮ އަކީ ކުޑަކުއްޖެއްގެ ބައްޕަވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް