ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލިކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލިކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފިއެވެ.
ބިދޭސީ އަންހެނަކު ރާއްޖޭގައި މަރާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަ އާއި ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަން ދޮގުކުރައްވާފައެވެ.
މިގޮތުން ވަޒީރު އިހުސާން ވިދާޅުވީ، ސޯޝަލް މީޑިއާގައި ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލާފައިވާކަމަށް ބުނެ ވީޑިއޯއަކަށް ހަވާލާދީ ދެކެވޭ ވާހަކައަކީ 2021 ވަނަ އަހަރުގެ މޭމަހު ބަންގްލަދޭޝްގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ހާދިސާއަކާއި ގުޅޭ ވީޑިއޯއެއްކަމަށެވެ.
މިއާއިއެކު، ވަޒީރުގެ ޕޯސްޓްގައި ވަނީ އެއާޓިކަލްގެ ލިންކުވެސް ހިއްސާކުރައްވާފައެވެ.
ބިދޭސީ އަންހެނަކު ރާއްޖޭގައި މަރާލާފައިވާ ކަމަށް ބުނާ ވާހަކައެއް ސޯޝަލް މީޑިއާގައި ރޭގައި ދައުރުވާން ފެށުމާއިގުޅިގެން ވަޒީރު އިހުސާން ގެ އިތުރުން ފުލުހުންވެސް ވަނީ މި ވާހަކަ ދޮގުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް