ފަތުރުވެރިކަމުގެ ސީޒަނަށް އަމާޒުކޮށް ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
ފަތުރުވެރިކަމުގެ ސީޒަނަށް އަމާޒުކޮށް ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
މިކަން ހާމަކޮށް ގަތަރު އެއާލައިންސްގެ ވެބްސައިޓުގައި ބުނީ، މިއަހަރުގެ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ރާއްޖެއަށް ހަފުތާއަކު 28 ފްލައިޓް ބާއްވަން ނިންމައިފައިވާ ކަމަށެވެ.
މި ތާރީހުގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޖަރުމަނާއި، އިޓަލީ އާއި އިނގިރޭސިވިލާތުން އަންނަ ފަރާތްތަކަށް ބުކިން ހެދުމަށް ހުޅުވާލާފައިވާ ކަމަށް ގަތަރު އެއާލައިނުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުންވެސް، އެ އެއާލައިނުން ވަނީ ލަންޑަން، މިއާމީ އަދި ޓޯކިޔޯއަށް ބާއްވާ ދަތުރުތައްވެސް އިތުރުކުރަން ނިންމައިފައެވެ.
ގަތަރު އެއާވޭސް އިިން މިހާރު ރާއްޖެއަށް ކުރަނީ ހަފްތާއަކު 21 ދަތުރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް