ކޮންމެ ދުވާރެއްގައިވެސް ރޭމްޕް އަޅަނީ
މާލޭގެ މަގުތަކުން ޕެލެޓް އަދި ރޭމްޕްތައް ނެގުމަށްފަހު، ކޮންމެ ދުވާރެއްގައި އަލުން ރޭމްޕް އެޅުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ސިޓީ ކައުންސިލުން ބުނީ ރޭމްޕްތައް އަލުން އެޅުމަށް ނިންމީ މުސްކުޅިންނާއި ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށް ކަމަށެވެ. އެގޮތުން ކޮންމެ ދުވާރެެއްގައިވެސް 30 ފޫޓުން ނުވަތަ 40 ފޫޓުން ރޭމްޕް ބަހައްޓަން ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މިގޮތަށް ރޭމްޕް ބެހެއްޓުމުން ޕާކްކުރާ އުޅަނދުތަކުގެ އުނދަގުލުން ލުޔެއް ލިބޭނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން އިއްޔެ ވަނީ މާލޭގެ މަގުތަކުން 600 އަށްވުރެ ގިނަ ޕެލެޓް އަދި ރޭމްޕް ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް