ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތް ކުރަމުންދިޔަ ބިދޭސީ އަކު މަރުވެއްޖެ
ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތް ކުރަމުންދިޔަ ބިދޭސީ އަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތް ކުރަމުންދިޔަ ބިދޭސީ އަކު އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރުވެސް ބިދޭސީ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށާއި، ނިޔާވެފައިވަނީ އިންޑިއާގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ މާޗު މަހު ފެށި ސިނަމާލެ ބްރިޖުގެ މަރާމާތުގެ މަސައްކަތް ކުރަމުންދަނީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް