ރައީސް ޔާމީނާއެކު މަސައްކަތްކުރާކަށް ނުނިންމަން: އެމްޓީޑީ
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެކު މަސައްކަތް ކުރުމާއި މެދު ވަކިގޮތެއް ނުނިންމާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްއިން ބުނެފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެމްޓީޑީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރ ޔާމީން ރަޝީދު ވިދާޅުވީ އަންނަ މަޖިލިސް އިންތިޚާބުގައި އެޕާޓީން އެއްެވެސް ފަރާތަކާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް އަދި ނިންމާފައިނުވާކަމަށެވެ.
ޔާމީން މިހެން ވިދާޅުވީއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެކުގައި ސިޔާސީ މަސައްކަތް ކުރައްވަން ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ގެ ރައީސް އަހުމަދު އަދީބު ތައްޔާރަށް ހުންނެވި ކަމަށް އެމްޓީޑީގެ އިސް އޮފިޝަލަކާއި ހަވާލާދީ އޮންލައިން ނޫހަކުން ވަނި ރިޕޯޓްކޮށްފައެވެ.
ޔާމީން ވަނީ އެޕާޓީގެ ކައުންސިލުންވެސް އަދި އަހުމަދު އަދީބުވެސް މިފަދަ ނިންމުމެއް ނިންމަވާފައިނުވާކަން ފާހަގަކުރައްވައި، އެއީ ދޮގު ޚަބަރެއްކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް