ނިއުޒިލޭންޑްގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ: ޝާހިދު
ނިއުޒިލޭންޑްގެ ބައިބޯ ޝަހަރެއްކަމުގައިވާ ކްރިސްޗާޗްގެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ހާމަވެއްޖެއެވެ.
މިކަން ހާމަކޮށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ކްރިސްޗާޗްގެ މިސްކިތަށް ދިން ހަަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެ، މަރުވެފައި ނުވާ ކަމަށާއި އެކަމާއި މެދު އުފާކުރައްވާކަމަށެވެ.
އަދި މި ހަމަލާގައި ނިޔާވި އަދި އަނިޔާވި ފަރާތްތަކާއި، އެފަރާތްތަކުގެ އާއިލާތަކަށް ހަމްދަރުދީވެ ލައްވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކްރިސްޗާޗްގެ މިސްކިތުގައި ހުކުރު ނަމާދަށް ބަޔަކު ތިއްބާ ދިން މި ހަމަލާގައި ގިނަބަޔަކު ނިޔާވެ، އެތައްބަޔަކު ވަނީ ޒަހަމްވެފައެވެ. މި ޓެރަރިސްޓް ހަމަލާ ދީފައިވަނީ ހަރުކަށި ޚިޔާލުުގެ އޮސްޓްރޭލިޔާގެ ރައްޔިތެކެވެ. އެ ހަމަލާ އޭނާގެ ފޭސްބުކްއިން ލައިވްކޮށްފައިވާއިރު، އެމީހާ ވަނީ ހައްޔަރުކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް