ދާއިރާާގެ ރައްޔިތުންގެ ސުވާލުތައް އެހުމަށް އަލްހާންގެ ޚާއްސަ އިވެންޓެއް!
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޖޭޕީގެ ކެނޑިޑޭޓު ކަމުގައިވާ އަލްހާން ފަހުމީގެ ޚާއްސަ ކެމްޕެއިން ކެއުމެއް މިރޭ ބާއްވާ ގޮތަށް ހަަމަޖެހިއްޖެއެވެ.
ހުޅުމާލެ ފެރީ ޓާރމިނަލްގެ މަތީގައި ހުންނަ ސީހައުސް ރެސްޓޯރަންޓްގައި އޮންނަ މި ކެެއުމުގައި ބައިވެރިވުމުގެ ފުރުސަތު އަލްހާން ވަނީ ހެންވޭރު އުތުރު ދާއިރާާގެ ރައްޔިތުންނާއި، މާލޭ ދަފްތަރުގައި ހިމެނޭ އެ ދާއިރާގެ ރައްޔިތުންނަށް ހުޅުވާލާފައެވެ.
އަލްހާންގެ ކެމްޕެއިން ޓީމުން މައުލޫމާތު ދޭގޮތުގައި މިއީ އޯޕަން މައިކް އުސޫލުން ކުރިއަށް ގެންދެވޭނެ ޑިނަރއެކެވެ. އެގޮތުން އެތަނަށް ހާޒިރުވެ ވަޑައިގަންނަވާ ދާއިރާގެ ރައްޔިތުންނަށް އަލްހާން ފަހުމީގެ އަރިހުން ސުވާލު އެހުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެޓީމުން ބުނެއެވެ.
މި ޑިނަރ ނައިޓްގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އަލްހާންގެ ޓީމުގެ ފަރާތުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް