ފޮރިން މިނިސްޓަރ ޝާހިދުގެ ތަހުނިޔާ ޕާކިސްތާނަށް
ޕާކިސްތާނުގެ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ ވިދާޅުވީ، ޕާކިސްތާނުގެ އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ސަރުކާރަށާއި، އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ގާތް، އަހުންނާއި އުހުތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ.
އަދި އެގައުމަށް ސުލްހަވެރިކަމާ، އުފާ ފާގަތި ކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނަށް މިނިވަންކަން ލިބުނީ 1947 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް