ލަންކާ އެއަރޕޯޓްގައި ޑްރޯން އަރުވައިގެން ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި
ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރޭގައި ޑްރޯން އަރުވައިގެން ހަތަރު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ރޭގެ ވަގުތެއްގައި ހައްޔަރުކުރެވިފައިވަނީ ތިން ފިރިހެނަކާއި އެއް އަންހެނެކެވެ. އެއީ، އުުމުރުން 19،22 އަދި 23. އަހަރުގެ ބައެކެވެ.
މިފަރާތްތަކުން ހައްޔަރުކުރެވިފައިވަނީ އެއަރޕޯޓުގެ ހައި ސެކިއުރިޓީ ޒޯން ކައިރިންކަމަށް މައުލޫމާތުލިބެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ހެނދުނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަަންނަވާތީ، ލަންކާގެ އެއަރޕޯޓުގެ ސަލާމަތީ ފިޔަވަޅުވެސް ވަނީ ވަަރަށް ބޮޑަށް ވަރުގަދަކުރެވިފައެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެއަރޕޯޓު ކައިރި ސަރަހައްދެއްގައި ދިރިއުޅެމުންދާ ޒުވާނުންތަކެކެވެ.
މި ފަރާތްތަކާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރެވޭނެއެވެ.
ލަންކާގެ އެއަރޕޯޓު ސަރަހައްދުގައި ހުއްދަނެތި ޑްރޯން ދުއްވުމަކީ މަނާކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް