އަލް ޢަސްރުގެ ޒުވާނުންގެ ޕްރޮގްރާމް، ޔެޕް މިމަހު 20 ގައި؛ ބައިވެރިވުމަށް ހުޅުވާލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އަލް ޢަސްރުގެ ޔެޕް (ޔޫތް އެމްޕަވަމަންޓް ޕްރޮގްރާމް) "YEP by Al Asr" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔެޕް އަކީ ޒުވާނުންގެ ތެރެއިން ލީޑަރުން ބިނާކުރުމަށާއި ޒުވާނުން ބާރުވެރި ކުރުމަށް ހިންގޭ ތަފާތު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި، އުމުރު އަދި ގުޅޭނެ ނަންބަރެއް، ވައިބާ މެދުވެރިކޮށް 7925277 އަށް ފޮނުވުމަށް އަސްރުން އެދެއެވެ. އަދި ބައިވެރި ވެވޭނީ 15 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށްވެސް ބުންޏެވެ.

އަލް އަސްރުން އިތުރަށް ބުނީ، މިފަހަރުގެ ޕްރޮގްރާމް އޮންނާނީ، މިމަހު 20 ވަނަ ދުވަހާއި 21 ވޞަ ދުވަހުގެ ރޭ 20:30 ގައި އިސްލާމިކް ސެންޓަރުގައި ކަމަށެވެ. އެގޮތުން 20 ވަނަ ދުވަހުގެރޭގެ ސެޝަން ނަގައިދެއްވާނީ ޝެއިޚް އަހުމަދު ސަމީރެވެ.

އަދި 21 ވަނަ ދުވަހުގެރޭގެ ސެޝަނުގެ މައުލޫއަކަށް، ”ވިނިންގ އެޓިޓިޔުޑް: އެމްޕަވަރިންގ ޔޫތް ފޯ އެކްސެލެންސް“ ކަނޑައަޅާފައިވާއިރު، އެ ސެޝަން ނަގައިދެއްވާނީ ޝެއިޚް ޖައުފަރެވެ. ގެސްޓުންގެ ގޮތުގައި ކުރީގެ ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އާއި ފުޓްސަލް ކިންގ، ކުޑަހުވަދޫގެ މުހައްމަދު ޢަރީޝް އެވެ.

ޔެޕްގެ ސެޝަންތައް ކުރިއަށްދާނީ ސީރީޒެއްގެ ގޮތުގައި ކަމަށާ އަދި ކޮންމެ މަހަކުވެސް ޔެޕްގެ 1 ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް ވެސް އަލް އަސްރުން ބުނެފައިވއެވެ.
އެގޮތުން މިދިޔަ މަހުވެސް ޔެޕްގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޔެޕް ޕްރޮގްރާމަކީ ޒުވާނުންގެ ހުނަރުތައް ތަރައްޤީކޮށް، އަމިއްލަ ނަފްސަށް އިތުބާރު އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް