ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ފަރާތެއް ހޯދަނީ
ކަޅުވަކަރު މިސްކިތް އަލުން ރާވައި ބަހައްޓައިދޭނެ ފަރާތެއް ހޯދަން ހެރިޓޭޖް މިނިސްޓްރީން ބޭނުންވެއްޖެއެވެ.
މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ކުރިމަތިލެވޭނީ ބިޑް ސެކިއުރިޓީގެ ގޮތުގައި 15000 ރުފިޔާ ބަހައްޓާ ފަރާތްތަކަށް ކަމަށާއި މި މަސައްކަތަަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށެވެ.
އަދި ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 07 އެޕްރީލް 2019 އިން ފެށިގެން ހެރިޓޭޖް މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަން ހުޅުވުން އޮންނާނީ 08 މެއި 2019 ވާ ބުދަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް