ދީނީ މިނިވަންކަމަށް ގޮވާލާ ރެޕެޗުއާ ޑރ. ޝަހީދުގެ އިތުރު ދައުރަކަށް
އދ. ގެ ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑޮމް އޮފް ރެލިޖަން އޮފް ބިލީފް (ދީނީ މިނިވަންކަން) ކަމުގެ މަޤާމުގައި ހުންނެވި ޑރ. އަހްމަދު ޝަހީދުގެ މަޤާމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވި ޑރ. ޝަހީދު އެ މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
ޑރ.ޝަހީދު 2022 ވަނަ އަހަރުގެ ނިޔަލަށް އެމަގާމުގައި ބެހެއްޓުމަށް ނިންމާފައި ވަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގައެވެ.
އޭގެ ފަހުން ފާއިތުވި އަހަރުތަކުގައި ޝަހީދު ވަނީ ރާއްޖޭގައި ވެސް ދީނީ މިނިވަންކަން ދިނުމަށާއި އަދި އިސްލާމީ ޝަރީޢަތު ތަންފީޒު ކުރުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް