މާބަނޑު މީހަކަށް ވަރަށް އަވަހަށް އޯ ނެގެޓިވް ލޭ ބޭނުންވެއްޖެ!
އައިޖީއެމްޗްގައި ފަރުވާ ހޯދަމުންދާ މާބަނޑު އަންހެނަކަށް އޯ ނެގެޓިވް ލޭ ބޭނުންވެއްޖެއެވެ.
މިއީ މިދިޔަ ބުދަ ދުވަހު އޮޕަރޭޝަން ކުރަން ހަމަޖެހިފައިވާ ފަރާތެއް ނަމަވެސް މިހާރު ތިން ދުވަސް ވަނީ ފާއިތު ވެފައެވެ.
ފާއިތުވި ދުވަސްތަކުގައި ލޭ ނުލިބި ލަސްވުމާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ވެސް އޮޕަރޭޝަން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ޖުމްލަ 6 ޑޯނަރުން ބޭނުންވާއިރު، ލޭ ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 7995587 ނުވަތަ 9340000 އަށެވެ.
ލޭ ހަދިޔާކުރުމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ ވަރަށް މުހިންމު ކަމެކެވެ. ލޭ ބޭނުންވާ ބަލިމީހުންނަށް ލޭ ލިބުމަކީ އެފަދަ ބަލިމީހުންނަށް ތަސައްލީއެއް ލިބޭނޭ ވަރަށް މަތިވެރި އިންސާނީ ޚިދުމަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް