އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ފެން ޕްލާންޓެއް ގާއިމްކޮށްފި
އެމްޑަބްލިޔުއެސްސީން 3000 ޓަނުގެ ފެން ދުވާލަކު އުފެއްދޭނެ ގާބިލްކަން ހުރި ފެން ޕްލާންޓެއް ހުޅުމާލޭގައި ގާއިމްކޮށްފިއެވެ.
އެކުންފުނިން މައުލޫމާތު ދޭގޮތުގައި މި ޕްލާންޓާއި އެކު، އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުން ދުވާލަކު 7500ޓަނުގެ ފެން އުފެއްދޭނެއެވެ.
މި ޕްލާންޓްގެ ޒަރިއްޔާއިން ހުޅުމާލޭގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުވެގެންދާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެމްޑަބްލިޔުއެސްސީން މިވަގުތުވެސް ހުޅުމާލޭގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އެކުންފުނިން ވަނީ 10،000 ޓަނުގެ ފެން ރައްކާކުރާނެ ތާނގީއެއް ހުޅުމާލޭގައި ބަހައްޓާނެ ކަމަށްވެސް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް