ސިފައިންނާާއި ފުލުހުންގެ ޚާއްސަ ތަމްރީންތަކެއް ފަށައިފި
ސިފައިންނާާއި ފުލުހުން ގުޅިގެން ހިންގާ ޚާއްސަ ތަމްރީންތަކެއް މިރޭ ފަށައިފިއެވެ.
ސަލާމަތީ ބާާރުތަކުން މައުލޫމާތު ދޭގޮތުގައި މިރޭ 10:00 އިން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުލުހުންނާއި ސިފައިންގެ ތަމްރީނުތަކެއް ކުރިއަށް ގެންދާނެއެވެ.
އެގޮތުން މާލެ އާއި އަތޮޅުތަކުގައި ހަރަކާތްތެރިވާ ފުލުހުން ވެސް އެ ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ އެ ތަމްރީނުތަކުގައި ހަތިޔާރާ އެކު އަތޮޅު ތެރެ އާއި މާލޭގައި ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ.
އަދި ފުލުހުންނާއި ސިފައިން ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ވެސް ޗެކް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް