އުމުރުން ދުވަސްވީ އަންހެނަކު ވައިގޮޅިއަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ
މާލޭގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ވައިގޮޅިއަކުން އުމުރުން ދުވަސްވީ އަންހެނު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 1:33 ހާއިރުކަމަށާއި، މި އަންހެންމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާގައި އަނިޔާވެފައިވާ އަންހެންމީހާގެ އުމުރަކީ 76 އަހަރެވެ. ވައިގޮޅިން ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލުގެ ފުށްކިބަ ފަށައިގެންގޮސްފައިވެއެވެ. އަދި އަންހެން މީހާގެ ކަނާތު ފައި ފަލަމަސްގަނޑާ ހަމައިން ބިނދިފައިވާއިރު، ވާއަތު ފައިގެ ކުޑަހުޅުން ވަނީ ބިނދިފައެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް