ޕްރޮގްރެސިވް ކޯލިޝަންގެ ޕްރައިމަރީތަކެއް ބާއްވަނީ
ސަރުކާރާއި އިދިކޮޅު ދެޕާޓީ ކަމުގައިވާ ޕީޕީއެމްއާއި ޕީއެންސީއިން ގުޅިގެން ހަދާފައިވާ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މަޖިލީހުގެ ބައެއް ދާއިރާތަކަށް ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީ ބާއްވަން ނިންމައިފިއެވެ.
މިގޮތުން ނުވަ ދާއިރާއެއްގައި ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވާ ކަމަށް އެކޯލިޝަަންގެ ފަރާތުން މައުލޫމާތުދެއެވެ.
ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ ނުވަ ދާއިރާތަކަކީ:
- ނޮޅިވަރަމް ދާއިރާ
- އަލިފުށި ދާއިރާ
- ތުލުސްދޫ ދާއިރާ
- ފެލިދޫ ދާއިރާ
- ކެޔޮދޫ ދާއިރާ
- މުލަކު ދާއިރާ
- ކިނބިދޫ ދާއިރާ
- ފުވައްމުލައް އުތުރު ދާއިރާ، މިއެވެ.
މި ޕްރައިމަރީގައި ދެޕާޓީގެ މެންބަރުންނަށްވެސް ވޯޓުލެވޭނެއިރު، އަންނަ ހުކުރު ދުވަހު އޮންނަ މި ޕްރައިމަރީގައި ޖުމްލަ 28 ފަރާތެއް ވާދަކުރެއެވެ.
މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 6198 ފަރާތަކަށެވެ. މި ވޯޓުލުން ކުރިއަށް ދާނީ ހުކުރު ދުވަހު މާލޭގައި ޕީޕީއެމްގެ އޮފީހުގެ އިތުރުން ނުވަ ދާއިރާގެ ރަށްތަކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް