އިނާ މޯލްޑިވްސްގެ އޮފީސް ފަޅާލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިނާ މޯލްޑިވްސްގެ ދެ އޮފީހަށް ވަގުން ވަދެ އެތަނަށް ގެއްލުން ދީފިއެވެ.
އިނާ މޯލްޑިވްސްގެ ދެ އޮފީސް ފަޅާލާފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ.
އެ އޮފީހުން ބުނެފައިވާ ގޮތުން، އެތަނުން މުހިންމު އެއްވެސް އެއްޗެއް ވަގަށް ނަގާފައި ނުވެއެވެ.

އެހެންނަމަވެސް، އޮފީހުގެ ތަޅުތަކާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ ފޯޓޯ ތަކުން އެނގޭ ގޮތުން އެތަނުގެ ލިޔެކިޔުންތަކާއި ބައެއް ތަކެތިވެސް ހުރީ ބިންމައްޗަށް އުކާލާފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އަމީރު އަޙްމަދު މަގުގައި ހުރި 3 އިމާރާތަކަށް ގެއްލުންދީ ވައްކަންކޮށްފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް