މަންޓާ އެއާގެ ދަތެރެ ހުވަދޫއަށް ފައްޓަންނޫ!
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަންޓާ އެއާއިން އަންނަ މަހުގައި އާ މަންޒިލަކަށް ދަތުރުތައް ފެއްޓުމަށް ނިންމައިފިއެވެ.
އެ އެއަރލައިނުން ގއ.ކޫއްޑޫ ރީޖަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
މާލެއާއި ކޫއްޑޫއާއި ދެމެދު ޝެޑިއުލް ދަތުރުތައް ޑިސެމްބަރ މަހުގެ ފުރަތަަމަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މި ދަތުރުގެ ޓިކެޓްތައް މަންޓާ އެއާގެ ވެބްސައިޓުންނާއި ޕެސެންޖަރ ސާރވިސް އޭޖެންޓުން މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.
މަންޓާގެ ދަތުރުތައް ފެށިތާ އަހަރެއްވާން ކައިރިވެފައިވާއިރު، އެ އެއަރލައިނުން ބ.ދަރަަވަންދޫއާއި ދ.ކުޑަހުވަދޫއަށް ދަތުރުކުރެއެވެ. އަދި ދާދިފަހުން އެ އެއާލައިނުން ވަނީ ސީޕްލޭންގެ ދަތުރުތައްވެސް ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް