މޯލްޑިވްސް މާކެޓަރސް ފޯރަމް ފަށައިފި
މޯލްޑިވްސް މާކެޓަރސް ފޯރަމް މިއަދު ހެނދުނު އެމްއެންޔޫގެ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި ފަށައިފިއެވެ.
ކޯޕަރޭޓް މޯލްޑިވްސް އެކަޑެމީ (ސީއެމްއޭ) އާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ގުޅިގެން ބާއްވާ މި ފޯރަމްގެ މަގްސަދަކީ މާކެޓިން ދާއިރާގައި މަސައްކަތް ކުރާ މީހުން އެއްތަނަކަށް ގެނެސްދިނުމާއި މި ދާއިރާގައި ކުރެވޭ މަސައްކަތްތަކާއި އަންނަމުންދާ ބަދަލުތަކާއި ތަޖުރިބާ ހިއްސާކުރުމެވެ.
މި ފޯރަމްގެ ދަށުން މާކެޓިން ކިޔަވާ ކުދިން އިންޑަސްޓްރީގެ މަސައްކަތްތަކަށް އަހުލުވެރިކުރުވޭނެކަމަށްވެސް ފޯރަމް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.
މި ފޯރަމް މައިގަނޑު ގޮތެއްގައި ހާއްސަަ ކުރެވިފައިވަނީ ‘ޑިޖިޓަލް މާކެޓިންގ' އަށެވެ.
އެ ގޮތުން ޑިޖިޓަލް މާކެޓިންގ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި ބޭނުންކުރާ ޓެކުނޮލޮޖީތަކާއި، ވާޗުއަލް ރިއަލްޓީ، އާޓިފިޝަލް އިންޓެލިޖަންސް، އީކޮމާރސް، ބިޒް ޑޭޓާ، ޑޭޓާ އެނެލަޓިކްސް އަދި މޮބައިލް ޑިވައިސްތަކާ ބެހޭ މައުލޫމާތު ބައިވެރިންނާ ހިއްސާ ކުރެވޭނެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް