މިއަހަރަކީ ޗައިނާގެ އިގްތިސާދަށް ބަނަ އަހަރެއް؟
މި އަހަރަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމުގައިވާ ޗައިނާގެ އިގްތިސާދަށް ބަނަ އަހަރެއްކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.
ވޯލްޑް ބޭންކްއިން ނެރުނު މި ރިޕޯޓުގައިވާ ގޮތުގައި 2019ވަނަ އަހަރުގައި ޗައިނާގެ އިގްތިސާދު ކުރިއަރާ އިންސައްތަ 6.2 ކުން ވެއްޓޭނެއެވެ. މީގެ ސަބަބެއްކަމުގައި ވޯލްޑް ބޭންކްއިން ބުނަނީ ޗައިނާގެ އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން އެގައުމުން ބޭރުކުރާ މުދަލާއި ޚިދުމަތުގެ އަދަދު ދަށްވެގެން ދިޔުމެވެ.
ނަމަވެސް ޗައިނާގެ ސަރުކާރުގެ ފަރާތްތަކުން ބުނާގޮތުގައި އެގައުމުގެ އިގްތިސާދު ދަނީ ކުރިއަރަމުންނެވެ.
ޗައިނާގެ އިގްތިސާދަށް އަންނަ މިފަދަ ލޮޅުންތަކުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ އެގައުމުގެ އިގްތިސާދީ ހަތުރުކަމުގައިވާ އެމެރިކާއަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ޗައިނާގެ އިގްތިސާދު ބަލިކަށިވުމަކީ އެމެރިކާއިން އެދޭ ގޮތަށް ދުނިޔޭގެ އިގްތިސާދު ބައްޓަން ކުރުމަށް އެޅޭ ފަހި ފާލަމެއް ކަމުގައި މީގެ ކުރިން ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް