އެއާޕޯޓު ލައިޓް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް؛ އަނިޔާވި މީހާގެ ހާލު ސީރިއަސް!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސިނަމާލެ ބްރިޖްގެ އެއާޕޯޓް ލައިޓް ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ފެންސްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ފަތިހު 5:25 ގައި ކަަމަށެވެ.
އަދި މި އެކްސިޑެންޓްގައި 53 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާ ވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާ އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް