މޯލްޑިވް ގޭސްގެ އެމްޑީއަށް ޝަޒާއިލް
އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްގެ މެނޭޖިންގް ޑިރެކްޓަރގެ މަގާމަށް ޝަޒާއިލް ޝިޔާމް ހަމަޖައްސައިފިއެވެ.
ޝަޒާއިލް މި މަގާމަށް ހަމަޖައްސާފައިވަނީ މައުމޫން ރިފޯމް މޫވްމެންޓްގެ ސްލޮޓެއްގައިކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ ވަނީ މީގެ ކުރިން 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަން ކުރައްވައިފައެވެ އޭނާ އެންމެފަހުން ކުރީ ސަރުކާރުގެ ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
މިއަދު ވަނީ ފެނަކައިގެ ބޯޑަށްވެސް ދެބޭފުޅަކު އައްޔަންކޮށްފައެވެ.
އެއީ މ. ބަނަފްސާ، އިބްރާހިމް ވަހީދު، ކ. ކިނބިދޫ، ކަންމަތީގެ، މުހައްމަދު ނާޝިދު އަދި ފުވައްމުލަކު މުރާކި، މުހައްމަދު އާތިފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް