އަނެއްކާވެސް ވޭޕް އާއި ސިނގިރޭޓް ކާޓުންތަކެއް އަތުލައިގެންފި؛ މިފަހަރު 442 ވޭޕް ކާޓްރިޖް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކަކާއި ސިނގިރޭޓް ކާޓޫންތަކެއް އަތުލައިގެންފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންގައި ބަލައިފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖްއާއި ދެ ކާޓޫން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށެވެ.
ފުލުހުން އިތުރުން ބުނީ، މި މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައިވާކަމަށާއި، އެހެންނަމަވެސް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާނެކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެގޮތުން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާ ކުރި ފަހުން 73،000 އަށް ވުރެ ގިނަ ވޭޕް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށް އެ ފުލުހުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް