ޖުމުހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް އީދަށް ހުޅުވަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޖުމުހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް އީދަށް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމުހޫރީ މައިދާނުގައި ހަލާކުވެ ވީރާނާ ވަމުންދާ ފެން އަރުވާ ވަޑާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އެތަން މަރާމާތުކޮށް ފިތުރު އީދަށް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޖުމުހޫރީ މައިދާނުގައި ފެންއަރުވާ ވަޑާމެއް ހަދަައި އެތަން ހުޅުވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށެވެ.
ނަމަވެސް ވެރިކަން ބަދަލުވި ފަހުން ނިމިދިޔަ ސަރުކާރުން އެތަން ނުބެލެހެއްޓުމުގެ ސަބަބުން އެތަނުގެ ބައެއް ތަކެތި ހުރީ ހަލާކު ވެފައިވާއިރު، އެތަނުގެ ބޭނުންނުކޮށް ހުންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.
އެތަން ހުޅުވި ދުވަސްކޮޅު ތަން ވެގެން ދިޔައީ ވަރަށް ގިނަ ތުއްތު ކުދިންނާއި ބޮޑެތި މީހުންނަށްވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިން ތަނަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް